ސަންސެޓްޕާކް ޕްރޮޖެކްޓް
މި ޕްރޮޖެކްޓަކީ ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންގެ ބައްދަލުވުން: 2023/12، އަދި ތިމަރަފުށީ ކައުންސިލްގެ ޖަލްސާ ނަންބަރު: 10/2023 އިން، ތިމަރަފުށީ ހުޅަނގު އުތުރު ސަރަހައްދުގައި ކުޑަކުދިންނަށް މުނިފޫހި ފިލުވުމާއި ކުޅިވަރު ކުޅެވޭނެ ޕާކެއް އެޅުމަށް ނިންމުމުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތް ހަވާލު ކުރެވުނީ 03 އޭޕްރިލް 2024 ގައި ބިޑް ހުށަހަޅައިގެން ކާމިޔާބު ކުރިފަރާތެއް ކަމުގައިވާ އަޝްރަފް ބްރަދާސް ޕްރައިވެޓް ލިމިޓެޑާއެވެ.
މަޝްރޫޢުގެ ތަފްޞީލު:
1. މަޝްރޫޢުގެ ވެރިފަރާތް: ތިމަރަފުށީ ކައުންސިލްގެ އިދާރާ
2. މަޝްރޫޢުގެ ކޮންޓްރެކްޓަރު: އަޝްރަފް ބްރަދާސް ޕްރައިވެޓް ލިމިޓެޑް
3. މަޝްރޫޢު ސުޕަވައިޒްކުރާ ފަރާތް: ތިމަރަފުށީ ކައުންސިލްގެ އިދާރާ
4. މަޝްރޫޢުގެ އަގު: އަޕްޑޭޓް ކުރަމުންދަނީ
5. އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚު: އަޕްޑޭޓް ކުރަމުންދަނީ
6. މަޝްރޫޢުގެ މުއްދަތު: އަޕްޑޭޓް ކުރަމުންދަނީ
7. މަސައްކަތް ފެށުނު ތާރީޚު: އަޕްޑޭޓް ކުރަމުންދަނީ
8. މަސައްކަތް ނިންމަންޖެހޭ ތާރީޚު: އަޕްޑޭޓް ކުރަމުންދަނީ
9. މުއްދަތަށް އިތުރުކުރެވުނު ދުވަސް: އަޕްޑޭޓް ކުރަމުންދަނީ
10. މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީޚު: އަޕްޑޭޓް ކުރަމުންދަނީ
ޕްރޮޖެކްޓްގެ ޓައިމްލައިން