ތިމަރަފުށީ ސަންސެޓް ޕާކް: އާއިލާ ތަކަށް ހޮޓްސްޕޮޓެއް

28 ޖެނުއަރީ 2025

sunset park 1

ތިމަރަފުށީ ކައުންސިލުން ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި އަދި އުފާވެރި ޖާގައެއް ހޯދައިދިނުމުގެ މަގުސަދުގައި އާއިލާއާއި އެކުވެރިން މުނިފޫހިފިލުވުމުގެ ސަރަހައްދެއް "ސަންސެޓް ޕާކް" އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ. ތިމަރަފުށީގެ ހުޅަނގު އައްސޭރީގެ ގޮނޑުދޮށުގައި ހުންނަ މި ޕާކުގައި ސްވިންގްސް، ސީ-ސޯ، ސްލައިޑް، އަދި ރައިޑަރސް ފަދަ ކުޅުމަށް ބޭނުންކުރާ ސާމާނު ހިމެނޭއިރު، ބާބަކިއު އޭރިއާއަކާއި ރިފްރެޝްމަންޓް ލިބޭ ކިއޮސްކެއް ވެސް ވަނީ ބެހެއްޓިފައެވެ. ކައުންސިލްގެ ރައީސް އިސްމާއީލް އިބްރާހީމް ވަނީ މިމަޝްރޫއާ މެދު ފަޚުރުވެރިވާކަން ފާޅުކުރައްވައި، "މި ޕާކުން ކުޑަކުދިން ކުޅެން ވަރަށް ބޭނުންވާ ޖާގަ ލިބި، އާއިލާތައް ގުޅިގެންދާނެ" ކަމަށް ވިދާޅުވެފައެވެ. ކައުންސިލުގެ ހަރަދުގައި ކޮށްފައިވާ މި ޕްރޮޖެކްޓްވަނީ ނިމިފައެވެ.


މި ތަރައްގީއަށް ރަށުގެ ރައްޔިތުން މަރުހަބާ ކިޔާފައިވާއިރު، ގެއިން ބޭރުގައި ކުޅިވަރާއި އާއިލީ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ މެދު ބެލެނިވެރިން ވަނީ ފޯރިގަދަވެފަ އެވެ. "އެއީ ހަމަ އަޅުގަނޑުމެން ބޭނުންވި އެއްޗެއް،" އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ އަހްމަދު އަލީ ވިދާޅުވި އެވެ.

ތިމަރަފުށީ ކައުންސިލުން އުއްމީދު ކުރަނީ ސަންސެޓް ޕާކް ތިމަރަފުށީގެ މުޖުތަމައުގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށްވެ، މިއީ މަޖާކުރުމާއި، އަރާމުކުރުމާއި، އާއިލާތަކަށް ރައްކާތެރި ތަނަކަށް ވެގެންދާނެ ތަނެއްކަމަށެވެ.

ސަން ސެޓްޕާކް ޕްރޮޖެކްޓް
ޢިއުލާން