ސޯލާ ޕްރޮޖެކްޓް
މި މަޝްރޫއަކީ ކޮޅުމަޑުލު ތިމަރަފުށީގައި އިއާދަ ކުރުވަނިވި ހަކަތަ އިތުރުކުރުމުގެ ބޭނުމުގައި އަދި ދިވެހި ސަރުކާރުން 2028 އާއި ހަމައަށް ޤައުމުގެ ހަކަތައިގެ ބޭނުން %33 އިއާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުމުގެ ލަނޑުދަނޑި ހާސިލު ކުރުމުގެ ގޮތުން ފައްޓަވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ 3،000،000 ރުފިޔާއަށް ޗައިނާގެ ސީނޯ ޝަވަރު ކުންފުންޏާއެވެ.
އެއްބަސްވުމުގައިވާ ގޮތުން، މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢުގެ ދަށުން ތިމަރަފުށީގައި އިރުން ހަކަތަ ނަގައި، 3000 ކިލޯވޯޓުގެ ހަކަތަ ސްޓޯ ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިގެންދާނެއެވެ.
މަޝްރޫޢުގެ ތަންފީޒީ އިދާރާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓެވެ. މަޝްރޫޢުއަށް ފަންޑުކޮށްދެނީ އޭޝަން ޑިވެލޮޕްމެންޓް ބޭންކުންނެވެ.
މަޝްރޫޢުގެ ތަފްޞީލު:
1. މަޝްރޫޢުގެ ވެރިފަރާތް: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަންމަންޓް
2. މަޝްރޫޢުގެ ކޮންޓްރެކްޓަރު: ސީނޯ ސޮއާރ
3. މަޝްރޫޢު ހިންގާ ފަރާތް: ސީނޯ ސޮއާރ
4. ކޮންސަލްޓަންޓް: ސީނޯ ސޮއާރ
5. މަޝްރޫޢު ސުޕަވައިޒްކުރާ ފަރާތް: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަންމަންޓް
6. މަޝްރޫޢުގެ އަގު: 3،000،000 ރުފިޔާ
7. އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚު: އެނގިފަޙާނެތް
8. މަޝްރޫޢުގެ މުއްދަތު: އެނގިފަޙާނެތް
9. މަސައްކަތް ފެށުނު ތާރީޚު: އެނގިފަޙާނެތް
10. މަސައްކަތް ނިންމަންޖެހޭ ތާރީޚު: އެނގިފަޙާނެތް
ޕްރޮޖެކްޓްގެ ޓައިމްލައިން