މަސްޖިދުއް ރަޙްމާން


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1976
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 350 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 250 އަކަމީޓަރު
މަސްޖިދުއް ރަހްމާނު ނުވަތަ އާންމު ނަމުންނަމަ ބޮޑު މިސްކިތަކީ 1976 ވަނަ
އަހަރު ބިނާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ބޮޑު ނަމާދުކުރާ
މާލަމެއް،
މިޙްރާބުގެއެއް، ދެފަރާތުގައި ފެންޑާތަކެއް އަދި ދެ
ވުޟޫކުރާ ސަރަޙައްދު ހިމެނެއެވެ. ފުރަތަމަ މިސްކިތް ބިނާކުރެވިފައިވަނީ
ހިލައާއި ލައިމް ބޭނުންކޮށްގެންނެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ
ހިލަ ތަޅައިގެން ހަދާފައިވާ ސިމެންތިއާއި ސުންނާފަތި ބޭނުންކޮށްގެންނެވެ.
އަދި ދެފަރާތުގައި ސުންނާފަތިން ޕްލާސްޓަރ ކުރެވިފައިވެއެވެ. ދޮރުތަކާއި
ކުޑަދޮރުތައް ހަދާފައިވަނީ ހަނދުވަރު ލަކުޑިންނެވެ. ފުރާޅުގެ އޮނިގަނޑު
ހަދާފައިވަނީ ހަނދުވަރު ލަކުޑިއާއި ރުކުގެ ދަނޑިތައް ބޭނުންކޮށްގެންނެވެ.
އަދި ފުރާޅުގައި ޖަހާފައިވަނީ ދަގަނޑު ޓިނެވެ. ތަޅުން އަޅާފައިވަނީ
ސިމެންތިންނެވެ.
މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ވަދެނިކުމެވާ ސަރަހައްދު ހިޔާކުރުން
- ކުޑަ ދޮރުތަކާއި ބޮޑުދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރައް ބަދަލުކުރުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކުރުން
- ތަޅުން އަޅާ ތަށިމުށި ޖެހުން
- ބޭރުގައި ފާޚާނާ ބްލޮކްތަކާއި ވުޟޫކުރާ ވަސީލަތްތައް އިތުރުކުރުން
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް
މަސްޖިދުލް ހަސަން ހާޖީ


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2010
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 300 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 200 އަކަމީޓަރު
މަސްޖިދުއް ހާޖީ ނުވަތަ އާންމު ނަމުންނަމަ އުތުރުއަވަށު މިސްކިތަކީ 2010 ވަނަ އަހަރު ބިނާ ކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ބޮޑު ނަމާދުކުރާ ހޯލެއް،
މިޙްރާބުގެއެއް، އަދި
ވުޟޫކުރާ ސަރަޙައްދެއް ހިމެނިފައިވެއެވެ. ފުރަތަމަ މިސްކިތް ބިނާކުރެވިފައިވަނީ
ހިލައާއި ލައިމް ބޭނުންކޮށްގެންނެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ
ހިލަ ތަޅައިގެން ހަދާފައިވާ ސިމެންތިއާއި ސުންނާފަތި ބޭނުންކޮށްގެންނެވެ.
އަދި ދެފަރާތުގައި ސުންނާފަތިން ޕްލާސްޓަރ ކުރެވިފައިވެއެވެ. ދޮރުތަކާއި
ކުޑަދޮރުތައް ހަދާފައިވަނީ ހަނދުވަރު ލަކުޑިންނެވެ. ފުރާޅުގެ އޮނިގަނޑު
ހަދާފައިވަނީ ހަނދުވަރު ލަކުޑިއާއި ރުކުގެ ދަނޑިތައް ބޭނުންކޮށްގެންނެވެ.
އަދި ފުރާޅުގައި ޖަހާފައިވަނީ ދަގަނޑު ޓިނެވެ. ތަޅުން އަޅާފައިވަނީ
ސިމެންތިންނެވެ.
މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ވަދެނިކުމެވާ ސަރަހައްދުގައި ފައިބަރު ޝީޓު ޖަހާ ވޯކްވޭއެއް ހެދުން
- ކުޑަ ދޮރުތަކާއި ބޮޑުދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރައް ބަދަލުކުރުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކުރުން
- ތަޅުން އަޅާ ތަށިމުށިޖަހާ އޭގެ މަތިން މިސްކިތު ވައިނަލް ކާޕެޓް އެޅުން
- މިސްކިތް އެއްކޮށް އޭސީ ކުރުން
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް
މަސްޖިދުލް ބާގިޔާތު


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2005
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 200 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 190 އަކަމީޓަރު
މަސްޖިދުލް ބާގިޔަތު ނުވަތަ އާންމު ނަމުންނަމަ އަސްރާރު މިސްކިތަކީ 2005 ވަނަ އަހަރު އިސްލާމީ ސަގާފަތުގެ ވަނަވަރު ދައްކުވައިދޭ ގޮތަށް
ޢިމާރާތްކޮށްފައިވާ ޒީނަތްތެރި މިސްކިތެކެވެ. މި މިސްކިތް
ޢިމާރާތްކުރުމުގައި ބޭނުންކޮށްފައިވަނީ ހިރިގަލާއި ސިމެންތި އެއްކޮށްގެން
އުފައްދާ ލައިމް މޭސަންރީއެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ ހިލަގަނޑު އާއި ލައިމް މޯޓަރ
ބޭނުންކޮށްގެންނެވެ. އަދި ފާރުތަކުގެ ދެފަރާތުގައި ލައިމް ޕްލާސްޓަރ
ޖަހާފައިވެއެވެ. ދޮރާއި ކުޑަދޮރުތައް ޓީކް ލަކުޑިން ހަދާފައިވާއިރު ފުރާޅު ހަދާފައިވަނީ ޓީކު ލަކުޑި، ދިވެހި ރުކު ލަކުޑި އަދި
ދަގަނޑު ޝީޓުންނެވެ.
މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- މިސްކިތަށް ވަދެނިކުމެވާ ސަރަހައްދު ހިޔާކުރުން
- އެލުމިނިއަމް ދޮރާއި ކުޑަދޮރުތަކުގެ ބަދަލުގައި ޓީކު ލަކުޑީގެ ދޮރާއި ކުޑަދޮރު ހަރުކޮށްފައިވުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކޮށްފައިވުން
- ތަށިމުށިޖަހައި ޒީނަތްތެރިކޮށްފައިވުން
- ބޭރުގައި ފާޚާނާ ބްލޮކްތަކާއި ވުޟޫކުރާ ސަރަހައްދުތައް އިތުރުކޮށްފައިވުން
މި ބަދަލުތަކާއެކު، ބާގިޔާތު މިސްކިތަކީ ރަށުގެ އާބާދީއަށް ފަސޭހަކަމާއެކު
ޚިދުމަތް ލިބިދެވޭ، ޒަމާނީ ވަސީލަތްތަކާއެކު ބޭނުންކުރެވޭ މިސްކިތަކަށްވަނީ
ވެފައިވެއެވެ.
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް
ފެނަކަ ތިމަރަފުށި ބްރާންޗް


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2012
ބޮޑުމިން: 3000 އަކަފޫޓް
ތިމަރަފުށި ފެނަކަ ބްރާންޗަކީ 2012 ވަނަ އަހަރު ބިނާކުރި ތަނެކެވެ. މިތަން ބިނާ ކުރީ ކުރިން ތިމަރަފުށީގައި ހިންގި ރައްޔިތުންގެ އިންޖީނުުގެ ހިންގުން ހުއްޓާލުމަށްފަހު ސަރުކާރުގެ ހަރަދުގައި، ސަރުކާރުގެ ބެލުމުގެ ދަށުން ރަށުގެ ކަރަންޓާއި، ފެނުގެ ނިޒާމް ހަރުދަނާކޮށް އިންޑަސްޓްރީ ސްޓެންޑާޑްގައި ކުރިޔަށް ގެންދެވުމުގެ ގޮތުންނެވެ.
މި ބްރާންޗުން ތިމަރަފުށީ ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ޙިދުމަތް ދިނުމާއި، ބިލް ކުރުމާއި، ކަރަންޓާއި ގުޅޭ އެހެނިހެން ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.
މި ބްރާންޗް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، ދެންމުންއަންނަ ހިދުމަތާއި، ސާރވިސް ކޮލިޓީ އަދި އިމާރާތައް އެކި ބަދަލުތައް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މައި އޮފީސް އިމާރާތެއް ހަދާ، ކަސްޓަމަރުންނަށް ތިބެވޭނެގޮތަށް ވެއިޓިން އޭރިއާއެއް އިތުރުކޮށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތްތައް ދިނުން ހަމަޖައްސައި، ކަރަންޓްގެ ޙިދުމަތްތަކާއި ކޮލިޓީ އަޕްގްރޭޑްކޮށް، ސްޓާފް އޭރިއާއަކާއި ވޯކްޝޮޕް އޭރިއާއެއް ކަނޑައަޅައި، ސޯލާ ޕަވާރގެ ނިޒާމް ހަމަޖައްސައި އަދި ފެނަކަ ކޯޕަރޭޝަންގެ އެހެނިހެން މިންގަޑުތަކަށް ފެތޭނެހެން ހިދުމަތްތަކާއި އިމާރާތް ވަނީ ބަދަލުގެނެވިފައެވެ.
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް
ތިމަރަފުށީ ޕްރީސްކޫލް


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1992
ޖާގަ: ގާތްގަނޑަކަށް 60 ކުޑަކުދިން
ބޮޑުމިން: 1200 އަކަފޫޓް (އިމާރާތާއި ޕްލޭގްރައުންޑް އެކީގައި)
ތިމަރަފުށީ ޕްރީސުކޫލަކީ 1992 ވަނަ އަހަރު ތިމަރަފުށީގައި ކުރިން ބާއިންޖީނުގެ ހުރި ތަނުގައި އަޅާފައިވާ ޕްރީ ސްކޫލެކެވެ. މި ޕްރީސްކޫލް ހިންގަނީ ތިމަރަފުށީ ކައުންސިލްގެ ބެލުމުގެ ދަށުން، ކައުންސިލުން ކަނޑައަޅާފައިވާ ޓީޗަރުންނާއި މިންގަޑުތަކަކަށެވެ. އެގޮތުން ސްކޫލުގެ ކަރިކިއުލަމްގައި މޮންޓެސޯރީ އަދި ސްޓެއިނާރ އެޑިއުކޭޝަންގެ މިންގަޑުތަކަށް ހިމެނިފައިވެއެވެ. މި އިމާރާތުގައި 03 ކްލާސް ރޫމް، 1 ހޯލް، 2 ފާހާނާ، 1 އޮފީސް ބައި އަދި ޕްލޭގްރައުންޑެއް ހިމެނިފައިވެއެވެ. ޒަމާނާ އެކު،
ތަޢުލީމީ ބޭނުންތައް އިތުރުވަމުން ދިޔުމާއެކު، މި ޢިމާރާތް ވަނީ
ބޮޑުކުރެވި، ޒަމާނީކުރެވިފައެވެ.
ޕްރީސްކޫލް ހިންގަންފެށި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ހިޔާކޮށް ރީތި ޕްލޭގްރައުންޑެއް ހެދުން
- ދޮރުތަކާއި ކުޑަދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރަށް ބަދަލުކުރުން
- ތަށިމުށިޖަހައި ޒީނަތްތެރިކޮށްފައިވުން
- ކްލާސް ރޫމްތައް އޭސީކޮށް ސްމާޓް ބޯޑް ހަރުކުރުން
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް
ހެލްތު ސެންޓަރ


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2001
ބަލިމީހުންގެ ޖާގަ: ގާތްގަނޑަކަށް 15 މީހުންނަށް (15 އެނދު)
މުވައްޒަފުންގެ އަދަދު: 01 އޯޕީޑީ ޑޮކްޓަރ، 10 ނަރުހުން
ބޮޑުމިން: 2300 އަކަފޫޓް
ތިމަރަފުށީ ހެލްތު ސެންޓަރަކީ 2001 ވަނަ އަހަރު ތިމަރަފުށީގައި ބިނާކުރެވުނު ތަނެކެވެ. ހެލްތު ސެންޓަރު ހުންނަނީ މަސްޖިދުލް ހަސަން ހާޖީގެ ދެކުނުން، ތިމަރަފުށީ ކައުންސިލްގެ އުތުރުންނެވެ. މިވަގުތު ހެލްތު ސެންޓަރުގައި 1 ޑޮކްޓަރާއި، 10 ނަރުހުން ހަރަކާތްތެރިވެއެވެ. ހެލްތް ސެންޓަރުގައި 2 ޕަބްލިކް ވޯޑް، 1 ލެބޯޓްރީ، 1 އީއާރް، 1 ބޭސް ފިހާރަ އަދި ސްޓާފް ކުއާޓާއެއް ޤާއިމް ކުރެވިފައިވެއެވެ. މީގެ އިތުރުން ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯދުމަށް 2022 ވަނަ އަހަރުވަނީ 6 އެނދުގެ އާ އިމާރާތެއް ޤާއިމްކުރެވިފައެވެ. މުޖުތަމަޢުގެ މުހިންމު ޞިއްޙީ ވަސީލަތެއްގެ ގޮތުގައި، މި މަރުކަޒުން ދަނީ
ތިމަރަފުށީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަސާސީ ޞިއްޙީ ޚިދުމަތްތައް
ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތް ދިނުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމާއި އާންމު ރައްޔިތުން ބަލިތަކަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމް ހިންގުން ހިމެނެއެވެ.
ސިއްހީ މަރުކަޒުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި އައުޓް ޕޭޝަންޓް ޑިޕާރޓްމަންޓެއް، ލޭ އަދި ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުގެ ޙިދުމަތް، ލޭ އެޅުމާއި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް، ނޭވާލުމުގެ ފަރުވާ (ކުއްލި ހާލަތުގައި އޮކްސިޖަން ދިނުން)، ޒަމާނީ ބޭސް އަދި ހާއްސަ ބޭސް ދިނުން ހިމެނެއެވެ.
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް
ތ. އަތޮޅު ތަޢުލީމީ މަރުކަޒު


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1980
ދަރިވަރުންގެ ޖާގަ: 300 ދަރިވަރުން
މުވައްޒަފުންގެ އަދަދު: 37 ޓީޗަރުން، 13 އިދާރީ މުވައްޒަފުން
ބޮޑުމިން: 7000 އަކަފޫޓް
ތ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ދިވެހި ސަރުކާރާއި ޔުނިސެފު ގުޅިގެން ތިމަރަފުށީ ރަށްޔިތުންގެ
އެހީތެރިކަމާއި އެކު ދިވެހިރާއްޖޭގައި 03 ވަނައަށް ބިނާކުރެވުނު އަތޮޅު ތަޢުލީމީ މަރުކަޒެވެ. މަރުކަޒުގެ ބިންގާ އެޅުނީ 4 ޖޫން
1978 ގައެވެ. ހުޅުއްވައި ދެއްވީ 4 ފެބުރުއަރީ 1980 ގައި، އޭރުގެ
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުހަންމަދު ޒާހިރު ހުސެއިން އެވެ.
1984 ވަނަ އަހަރު މިމަރުކަޒުގެ ނަން "ތ. ކޮމިއުނިޓީ ސްކޫލް" ގެ ނަމުން "ތ.
އަތޮޅު ތައުލީމީ މަރުކަޒު" މި ނަމަށް ބަދަލުކުރެވުނެވެ. މަރުކަޒުގެ
ކިޔަވައި ދިނުން ފެށިގެން އައި އިރު ފުރަތަމަ ދެވެމުން ދިޔައީ ހަމައެކަނި
ޕްރައިމަރީ ތަޢުލީމެވެ. ނަމަވެސް ދާއިރާ ފުޅާވެ، މެދުމަދަރުސީ ތަޢުލީމަށް
ބަދަލުވެ 1992 ވަނަ އަހަރު މި ސްކޫލްވަނީ ސާނަވީ ތަޢުލީމުދޭ ތަނަކަށް ބަދަލު
ވެއެވެ. 2024 ވަނަ އަހަރުގައި މި ސްކޫލުގައި 275
ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުން ގެންދެއެވެ. ސްކޫލުގައި ކިޔަވައިދެނީ ސައިންސ،ް
ބިޒްނަސް އަދި ބީޓެކް ސްޓްރީމް އެވެ.
2025 ވަނަ އަހަރުގައި މި ސްކޫލްގައި 253 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި އޭގެ އިތުރުން 37 ޓީޗަރުންނާއި، 13 އިދާރީ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.
މަޢުލޫމާތު: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް


ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1995
ޖާގަ: 8 މީހުން (ޝަރީއަތްކުރާ ކޮޓަރީގައި ތިބެވޭގޮތަށް)
މުވައްޒަފުންގެ އަދަދު: 01 ޤާޒީ، 07 އިދާރީ މުވައްޒަފުން
ބޮޑުމިން: 2000 އަކަފޫޓް
ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް އުފެއްދިފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ލާމަރުކަޒީކުރުމުގެ
މަސައްކަތުގެ ތެރެއިން، ތ. އަތޮޅު ތިމަރަފުށީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް
ދިނުމަށްޓަކައެވެ. ފުރަތަމަ މި ކޯޓު ހިންގަން ފެށިފައިވަނީ ސަރުކާރުގެ
އޮފީހެއް ބަދަލުކޮށްގެންނެވެ. ނަމަވެސް 2005 ވަނަ އަހަރު، ޖުޑީޝަލް ސަރވިސް
ކޮމިޝަނާއި ރަށު ކައުންސިލުގެ އިސްނެގުމުގެ ދަށުން، ކޯޓަށް ޚާއްޞަ
ޢިމާރާތަކަށް ބަދަލުކުރެވުނެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާއިން އޮންލައިންކޮށް ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ގެންދެވޭނެ ނިޒާމެއްވެސް ވަނީ ޤާއިމްކުރެވިފައެވެ.
މި ކޯޓުން ދޭ ޙިދުމަތްތަކުގެ ތެރޭގައި، މަދަނީ، ޖިނާއީ، ޢާއިލީ މައްސަލަތައް ބެލުމާއި، އިމާރާތާއި ގޯތީގެ މިލްކުވެރިކަމާއި ގުޅޭ ކަންތައްތައް ހިމެނެއެވެ.
މަޢުލޫމާތު: ތިމަރަފުށީ ކައުންސިލް