މަގުތައް ހެދުމުގެ މަޝްރޫޢު
މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ރަށްރަށުގެ
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމެމުވުމާއި ގުޅިގެން ފަށާފައިވާ މަޝްރޫޢު އެކެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކުއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް
ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކުރެވިފައިވަނީ 31 ޑިސެމްބަރު 2019 ގައި 75,704,226.92 ރުފިޔާއަށް، 02 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި
މަޝްރޫޢުގެ ދަށުން ތިމަރަފުށީގައި 4 ކިލޯމީޓަރުގެ ޖުމްލަ 7 މަގެއް
ތަރައްޤީކުރުމަށް ރޭވިފައިވެއެވެ. މަޝްރޫޢުގެ ތަންފީޒީ އިދާރާއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެވެ.
މަޝްރޫޢުގެ ލަނޑުދަނޑިތައް
- ތާރުއަޅާފައި އާ މަގު ހެދުން
- ކެރިޖްވޭ އާއި ފުޓްޕާތު ޑިޒައިންކޮށް އެޅުން.
- މަގުގެ އަރިމަތީގައި ހުންނަ ވާރޭފެން ހިންދާ ކާނުތަކާއި ވާރޭފެން މެނޭޖްކުރާ ނިޒާމު ޑިޒައިންކޮށް އެޅުން.
- ސްޕީޑް ބްރޭކަރުތަކާއި މަގު ސައިން ބޯޑުތައް ހަރުކުރުން.
- މަގުބައްތިތައް ހަރުކުރުން.
- ޒެބްރާ ކްރޮސިންގތައް ކުރެހުން.
މަޝްރޫޢުގެ ތަފްޞީލު:
1. މަޝްރޫޢުގެ ވެރިފަރާތް: މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
2. މަޝްރޫޢުގެ ކޮންޓްރެކްޓަރު: ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
3. މަޝްރޫޢު ހިންގާ ފަރާތް: ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
4. ކޮންސަލްޓަންޓް: ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
5. މަޝްރޫޢު ސުޕަވައިޒްކުރާ ފަރާތް: ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
6. މަޝްރޫޢުގެ އަގު: 75،704،226.92 ރުފިޔާ
7. އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚު: 31 ޑިސެމްބަރު 2019
8. މަޝްރޫޢުގެ މުއްދަތު: 2 އަހަރު
9. މަސައްކަތް ފެށުނު ތާރީޚު: 31 ޑިސެމްބަރު 2019
10. މަސައްކަތް ނިންމަންޖެހޭ ތާރީޚު: 31 ޑިސެމްބަރު 2021
11. މުއްދަތަށް އިތުރުކުރެވުނު ދުވަސް: 1210 ދުވަސް
12. މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީޚު: 23 ޖަނަވަރީ 2028
ޕްރޮޖެކްޓްގެ ޓައިމްލައިން