ބޮޑުހިލަ ޖެހުމުގެ މަޝްރޫޢު

މި މަޝްރޫއަކީ ކޮޅުމަޑުލު ތިމަރަފުށީ ރަށްގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ދިވެހި ސަރުކާރުން 05 ސެޕްޓްމްބަރު 2023 ވަނަ އަހަރު ފައްޓަވައިދެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ 22،331،248.56 ރުފިޔާއަށް ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުގައިވާ ގޮތުން، މި މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މަޝްރޫޢުގެ ދަށުން ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 280 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖަހައި، ބީޗް ބެކްފިލްކޮށް، އަދި އޮފްޝޯ ބްރޭކްވޯޓަރގެ ގޮތުގައި 260 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޤާއިމްކުރެވިގެންދާނެއެވެ.

މަޝްރޫޢުގެ ތަންފީޒީ އިދާރާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އެވެ. މި މަޝްރޫޢު ފަންޑްކުރެވެނީ ގްރީން ކްލައިމެޓް ފަންޑާއި މޯލްޑިވްސް ގްރީން ފަންޑުގެ ޓްރަސްޓް ފަންޑުންނެވެ.

މަޝްރޫޢުގެ ތަފްޞީލު:
1. މަޝްރޫޢުގެ ވެރިފަރާތް: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
2. މަޝްރޫޢުގެ ކޮންޓްރެކްޓަރު: ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
3. މަޝްރޫޢު ހިންގާ ފަރާތް: ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
4. ކޮންސަލްޓަންޓް: ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
5. މަޝްރޫޢު ސުޕަވައިޒްކުރާ ފަރާތް: ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
6. މަޝްރޫޢުގެ އަގު: 22،331،248.56 ރުފިޔާ
7. އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚު: 05 ސެޕްޓެމްބަރު 2023
8. މަޝްރޫޢުގެ މުއްދަތު: 240 ދުވަސް
9. މަސައްކަތް ފެށުނު ތާރީޚު: 05 ސެޕްޓެމްބަރު 2023
10. މަސައްކަތް ނިންމަންޖެހޭ ތާރީޚު: 02 މޭ 2024


މަސައްކަތުގެ ޕްރޮގްރެސް

ބޮޑު ހިލަޖެހުމުގެ މަޝްރޫޢުގެ ކުރެހުންތަކާއި ޗާޓް

ނެތް

ޕްރޮޖެކްޓްގެ ޓައިމްލައިން

05 ސެޕްޓެމްބަރ 2023
މަސައްްްކަތް ފެށުނު ތާރީޙް
02 މޭ 2024
މަސައްކަތް ނިމުނު ތާރީޙް
ސަރުކާރުގެ މަޝްރޫޢުތައް
ކައުންސިލްގެ މަޝްރޫޢުތައް