ހެލްތް ސެންޓަރ އެކްސްޓެންޝަން

މި މަޝްރޫއަކީ 2022 ވަނަ އަހަރު ސަރުކާރުން ތިމަރަފުށީގެ ސިއްހީ ނިޒާމާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަދި ރަށުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދެވުމަށް ނިންމެމުވުމާއި ގުޅިގެން ފަށާފައިވާ މަޝްރޫޢު އެކެވެ.
މި މަޝްރޫޢުގެ ތަންފީޒީ އިދާރާކަމަށްވާ ހެލްތު މިނިސްޓްރީއިން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް, 145 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް ހަވާލުކޮށްފައިވަނީ ކިލޯމީޓަރު އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން އެކްސްޓެންޝަން އިމާރާތުގެ އިތުރުން ބައުންޑަރީ ފާރުގެ މަސައްކަތްވެސް މަސައްކަތާއި ހަވާލުވެފައިވާ ކުންފުނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. މި މަޝްރޫއަށް 4،684،195.83 ރުފިޔާއަށްވުރެ ގިނައިން ޙަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ.

މަޝްރޫޢުގެ ތަފްޞީލު:
1. މަޝްރޫޢުގެ ވެރިފަރާތް: މިނިސްޓްރީ އޮފް ހެލްތް
2. މަޝްރޫޢުގެ ކޮންޓްރެކްޓަރު: ކިލޯމީޓަރު އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް
3. މަޝްރޫޢު ހިންގާ ފަރާތް: ކިލޯމީޓަރު އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް
4. ކޮންސަލްޓަންޓް: ކިލޯމީޓަރު އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް
5. މަޝްރޫޢު ސުޕަވައިޒްކުރާ ފަރާތް: މިނިސްޓްރީ އޮފް ހެލްތް
6. މަޝްރޫޢުގެ އަގު: 4،684،195.83 ރުފިޔާ
7. އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚު: އެނގިފަޙާނެތް
8. މަޝްރޫޢުގެ މުއްދަތު: 145 ދުވަސް
9. މަސައްކަތް ފެށުނު ތާރީޚު: 13 ސެޕްޓެމްބަރު 2022
10. މަސައްކަތް ނިންމަންޖެހޭ ތާރީޚު: 05 ފެބްރުއަރީ 2023

11. މުއްދަތަށް އިތުރުކުރެވުނު ދުވަސް: 814 ދުވަސް
12. މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީޚު: 11 ޖުލައި 2027


މަސައްކަތުގެ ޕްރޮގްރެސް

ހެލްތްސެންޓަރ އެކްޓެންޝަންގެ ކުރެހުންތައް

ކުރެހުން 1

ކުރެހުން 2

ކުރެހުން 3

ކުރެހުން 4

ކުރެހުން 5

ކުރެހުން 6

ކުރެހުން 7

ކުރެހުން 8

ޕްރޮޖެކްޓްގެ ޓައިމްލައިން

13 ސެޕްޓެމްބަރު 2022
މަސައްްްކަތް ފެށުނު ތާރީޙް
މަސައްކަތް ކުރިއަށް ދަނީ
މަސައްކަތް ނިމުނު ތާރީޙް
ސަރުކާރުގެ މަޝްރޫޢުތައް
ކައުންސިލްގެ މަޝްރޫޢުތައް